ނުކުރު އަޙްމަދު ހުކުރު ދުވަހަކު ފިކުރު ކުރިއޭ ހަކުރު ކައްކަން
ހުކުރުކޮށްގެން ޝުކުރުކޮށްފައި ތަކުރު ކާހެން ދެކުރު ކައިލަން
ނުދިގު ފާޚިރު ފަތުގެ މާހިރު މަހުން އާޚިރު ދުވަހު ހޮނިހިރު
މުދިމު ޒާހިރު ބަލައި މޯހިރު ކުރީ ތާހިރު ގިރޭތީ ހިރު
ނުކުޑަ ހާދީ ދުވަހު އާދީ ގެނެސް ބޭންދީ ރިވެތި ބާނދީ
ކުކުޅު ކާންދީ ސޮޑާ ބޯންދީ އެ ފަހު ރަންދީ ކުރީ ޝާދީ
ނުކަޅު ޢައްބާސް ނުވާކަން ފާސް އެނގުނު މި ދުވަސް ވި ހޯމަ ދުވަސް
ނުކާން ފަރުމަސް ކެއީ ގެރިމަސް ކަމަށް ކަނޑުމަސް ވެގެން ބޯހާސް