© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ރަން މުތެއްހެން ވިދިޔަކަސް
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ރަން މުތެއްހެން ވިދިޔަކަސް
ތިޔަކަށް ދެނެއް ނުބަލާނަމޭ
ނަންވިޔަސް ތިޔަކަން ނުވެވިހުރެ
ފަސް އެނބުރި ނުބަލާނަމޭ
އެންމެ ފަހަރަކުނަމަވިޔަސް
ދުށުމަށް ތިބާ ލޯ އެދުނަކަސް
ދެން އަލުން ތިޔަ ދަންމަޅީގާ
ހަމަހިލާ ނުބެދޭނެޔޭ
ތޫނުފިލި ދެލޮލާ ރިވެތި
ތިޔަ ސޫރަޔަށް ހިތް އެދުނަކަސް
ހޫނު އަލިފާންކަން އެނގޭއިރު
ފުންމައެއް ނުލެވޭނެޔޭ
ރަން މުތެއްހެން ވިދިޔަކަސް
ތިޔަކަށް ދެނެއް ނުބަލާނަމޭ
ތިޔަ ވަނާތަކުގާއެވާ
ޖަޒުބާތަކުން ހިތް ކޮށުނަކަސް
ހިޔަލަކަށް ތިޔަ ޤަދަރު ނުލިބޭ
ދާކަށެއް ނުކެރޭނެޔޭ
ވިޔަނުވާ އެތަކެއް ހަނދާނުން
އާހުގާ އޮވެ ނިމުނަކަސް
ހިޔަލަވީފަދަ ލޯތްބަކަށް ނޫނީ
ހިތެއް ނުދެވޭނެޔޭ
ރަން މުތެއްހެން ވިދިޔަކަސް
ތިޔަކަށް ދެނެއް ނުބަލާނަމޭ
ރޫޙު ނެތިގޮސް ދާނުގާ
ކަފުނުގެތެރޭ އޮންނަންވިޔަސް
ފޫހިވެވުމުން އިހުވެވުނު ލޯތްބެއް
ދެނެއް ނުވެވޭނެޔޭ
ރަން މުތެއްހެން ވިދިޔަކަސް
ތިޔަކަށް ދެނެއް ނުބަލާނަމޭ
ނަންވިޔަސް ތިޔަކަން ނުވެވިހުރެ
ފަސް އެނބުރި ނުބަލާނަމޭ