ރީތި ހަނދުވަރު ރޭ ދެކިފާ
ބީހި ދެއަތުން ފަންވަތުގާ
ރޯޅި ވީހިނދު
ފުންއަސަރަކުން
ލޯބި ރަކި ހިނިތުން ވެވިލާ
ލޯބި ރަކި ހިނިތުން ވެވިލާ
ސާފު ދޮންވެލި ފިޔަވަޅުގާ
މޫދު ކައިރީ ހަމަ ޖެހިލާ
ރާޅު ރާޅާ
ކުޅެލަ ކުޅެލާ
ލޯބި ފަރިފަރި ތުންފަތުގާ
ހާގޮވާ ކޮވެލީގެ އަޑުތައް
ދޫނި އުދުހޭ ހިޔަނިތައް
މަސްމަހާ ވެލަޔާއި ބޮލިތައް
ރުއްސެނީ ހިނިތުންވަމުން
ރީތި ހަނދުވަރު ރޭ ދެކިފާ
ބީހި ދެއަތުން ފަންވަތުގާ
ރޯޅި ވީހިނދު
ފުންއަސަރަކުން
ލޯބި ރަކި ހިނިތުން ވެވިލާ
ލޯބި ރަކި ހިނިތުން ވެވިލާ