ރޭތަކޭ ފުން އަސަރު

ރާގު: ރާތްކޭ ހަމްސަފަރް

ރޭތަކޭ ފުން އަސަރު ކުރުވަމުން ދާންފެށީ
ރޭދުވާ ހޭދަވީ މަސްރުގާ ޖާދުވީ
ގާތުގާ ހުރެ މިތާ އިއްވި އާރާގަކީ
ރޫޙު ތާޒާވެލާ ހިތް އުފާ ބާރަކީ

ރޯޅި ބީހެން ފެށީއޭ ބަލާށޭ ހިމޭން
ލޯބި ފިރުމުންތަކޭ ދީފަ ދާތީ މިރޭ
ލޯމަރާލީމަ ފެނެޔޭ ހިތުގެ ޚިޔާލުދިން
ލޯމަރާލީމަ ފެނެޔޭ ހިތުގެ ޚިޔާލުދިން
ފޯދުނީބާއެ ތާޒާ ކަމާއެކު މިރޭ
ރޭތަކޭ ފުން އަސަރު ކުރުވަމުން ދާންފެށީ
ރޭދުވާ ހޭދަވީ މަސްރުގާ ޖާދުވީ
ގާތުގާ ހުރެ މިތާ އިއްވި އާރާގަކީ
ރޫޙު ތާޒާވެލާ ހިތް އުފާ ބާރަކީ

އޭ މަލާއޭ ބުނާށޭ ލިބޭނޭ މިރޭ
ބޭނުމީ މަލުގެ ފޮނިކަން ތި ތާޒާކަމޭ
ދޭން ހުރީމޭ ލެޔާ ލޭގެ ވިންދާ ދިރުން
ދޭން ހުރީމޭ ލެޔާ ލޭގެ ވިންދާ ދިރުން
ރޭގެ ހަނދު ހެކިކުރާށޭ މިއީ ވަޢުދެކޭ
ރޭތަކޭ ފުން އަސަރު ކުރުވަމުން ދާންފެށީ
ރޭދުވާ ހޭދަވީ މަސްރުގާ ޖާދުވީ
ގާތުގާ ހުރެ މިތާ އިއްވި އާރާގަކީ
ރޫޙު ތާޒާވެލާ ހިތް އުފާ ބާރަކީ

މޭގެ އިޙުސާސް ތަކުން ހިތް ހިތާ ގުޅުވައޭ
ސިއްރުކުރިހާ ޚަބަރު ކިޔާލަދޭން ބޭނުމޭ
މޭގެ ހޫނުން ލިބޭތޯ އަރާމާ އުފާ
މޭގެ ހޫނުން ލިބޭތޯ އަރާމާ އުފާ
އަބަދު މިގޮތަށް އެކީގާ އުޅެން ބޭނުމޭ
ރޭތަކޭ ފުން އަސަރު ކުރުވަމުން ދާންފެށީ
ރޭދުވާ ހޭދަވީ މަސްރުގާ ޖާދުވީ
ގާތުގާ ހުރެ މިތާ އިއްވި އާރާގަކީ
ރޫޙު ތާޒާވެލާ ހިތް އުފާ ބާރަކީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު