ތަޤުދީރުގާ މިހެންވީ

ރާގު: ތަޤުދީރުކޭ ޤަލަމްސޭ

ތަގުދީރުގާ މިހެންވީ ހަމަޖެހިފަ ވީމަތާ
ތަގުދީރުގާ މިހެންވީ ހަމަޖެހިފަ ވީމަތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ

ހާލަތު ވީ ކިޔައިދޭން ބިކަ ހާލުގާ ވީމަތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ

ކާކުހޭ ފޫހިވީ ލޯބި ވެވިފާ ބޭރު ތިކުރީ
ސަލާން ޖަހާށެ ޖެހުނީ ދެން މަލާމަތް ހޭ ކުރީ
ދޭން ޖެހޭހޭ ފާޅުގާ އަނިޔާ މަޖުބޫރުހޭ
މަންޒިލް ނުވާ ފަގީރެއް މީ މަންޒިލް ބޭނުންވަނީ
ހިތި ނަޒަރު ފެނިފާ ވީމާ އަނބުރާ ދެވޭނެތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ

ނަފުރަތުގެ ހޫނުގާ ފިހޭތީ ރޯނަމޭ އިނގޭ
އަދި ހާލު ދެރަވެގެން އިނީ ހިނގާނެ ވަރު ނެތޭ
ގެއްލިއްޖޭ ދެލޯ ނޫރުތައް ފެން ފޭބި ކަރުނަޔާ
ހިތް ހިލަޔާ ހަރު އެކަތައިން ވަނީ ލޯބި ވާނެހޭ
ތަގުދީރު ދައްކާ މަގޭ މީ ރޯލާފަ ދާނެތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ

ކާކުހޭ ނޭދެނީ ލޯބިވެވިފާ ލޯބި ލިބުމެއް
ކުރީމެ ހާދަ ގަދަރެއް ދެން ޚިޔާނާތް ވާން ފެށީ
ނޭނގެޔޭ ވަކިވާށެ އެދުހުގާ ޖެހިފާވަނީ
ޚަންޖަރު މަގޭ ހިތާ މޭ ދުލަކުންނޭ ފޫއެޅީ
ހިތި ޚަބަރު އިވިފަ ވީމާ ހިތުގާ ޖެހޭނެތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ

ތަގުދީރުގާ މިހެންވީ ހަމަޖެހިފަ ވީމަތާ
ތަގުދީރުގާ މިހެންވީ ހަމަޖެހިފަ ވީމަތާ
ބޭކާރޭ ނަސީބުގާ ވީ ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ
ލޯބީގެ ހާދިސާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު