ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

އިސްނެންގެވި މާތްވީ ސާހިބުން

4

އެ މުޙައްމަދުލް އަމީނޭ

5

ފިލާނެތޯ ލޯތަކުން މިފޫދޭ

އެންމެ ފަހުގެ

1

ޤައުމަށްޓަކާ ދީނަށްޓަކާ

2

އުދަރެސް

3

އޭނަބިއްޔާއޭ ސޮލާތާ

4

ފަތިހުގެ މުދިމާ ބަންގި ދިނީމާ

5

ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ތިޔަހިތް އަދު ނަސީބުގާ ނެތްއިރު

ރާގު: މެރި ގިސްމަތުމެ ތޫ ނެހީ ޝާޔަދް

ޅެން: ޅެންވެރިޔާ ނޭނގޭ

ތިޔަ ހިޔް އަދު ނަސީބުގާ ނެތް އިރު
ކީއްވެބާ އިންތިޒާރު ކުރެވެން ވީ
ކީއްވެހޭ ލޯބި ދެން މަށަށް ވެވެނީ
ކީއްވެހޭ ހިތް އެކީ މިހެން ދެވުނީ

ލޯބި ވިޔަކަސް ކުރީގަ ނުބުނީމާ
ލޯބި އަލަކުން ނެތޭ ލިބޭކަށް އަދު
މާކުރިން އިންތިޒާރު ކުރިޔަސް ދެން
މާނަ ނެތް އިންތިޒާރަކަށް ވީމަ
ތިޔަ ހިތް އަދު ނަސީބުގާ ނެތް އިރު

ކީއްވެ ބާއޭ މަށަށް މިތަން ފެނުނީ
މާކުރިން މަރުވިނަމަ ކިހާ ހެއުހޭ
ހިތް ބުނޭ ހައްޤެކޭ މަގޭ ތިޔައީ
ހިތްވަރާ އެކު ހިންގާށެ ކުރިޔަށް ދާން
ދުނިޔެއަށް ގިނަވެފާ ހުރީ އެހެނަސް
ނުނިމި އޮތް އިންތިޒާރަކުން ތާއޭ
ލޯބި ނުވެވުނު ނަމަ ކިހާ ހެއުހޭ
ދުނިޔެއިން ވަކިވިނަމަ ކިހާ ހެއުހޭ
ތިޔަ ހިޔް އަދު ނަސީބުގާ ނެތް އިރު

ގެންދިޔަސް ދެން މަގޭ މެޔާ ޖިސްމާ
ހިތުގަވީ ތިޔަނަމޭ ފުރާލާފާ
ތިޔަ ލޮއިއްބޭ މަގޭ ހިތުން އެދެނީ
ދެ ދުނިޔެއިން ވެސް މަށާ އެކީ ވާށޭ
މިލްކެކޭ މީ ކަލާގެ އައްނާށޭ
ހެޔޮ ހިތުން ލޯބިވެސް މަށަށް ދޭށޭ
މާކުރިން އިންތިޒާރުގާ ވީމޭ
އަބަދުވެސް އިންތިޒާރު ކުރެވޭނޭ
ލޯބި ދަސްވެއްޖެޔޭ މަށަށްވެސް އަދު
ހިތް މަގޭ އިޚްތިޔާރުގާ ވޭހޭ
ބާރު މި ހިތަށް ނުފޯރުވޭ ނޫންހޭ
ބަސް ނެތޭ ބަލަ އެހުން މަގޭ ހިތްވެސް
ހާލަކީ މީ އަހާނުލާނަން ހޭ
ކީއްވެހޭ ދެން މަށަށް މިހެން މިވަނީ
ތިޔަ ޚިޔާލެއް ހިތުން ފިލާ ނުދަނީ
މީ ކުށެއް ކަން މަށަށް އެންގޭ އިރުގާ
ކީއްވެހޭ އިންތިޒާރު ކުރެވެންވީ
ތިޔަ ހިތް އަދު ނަސީބުގާ ނެތް އިރު
ކީއްވެބާ އިންތިޒާރު ކުރެވެންވީ
ކެތް ކުރަން ހާދަ ހާ މަވެސް އެދެމޭ
ލޯބިވާ ވަރު ބުނަން މަވެސް އެދެމޭ
ލޯބިވާ ވަރު ދުލުން ތިހެން ނުބުނޭ
ލޯބިވާ ވަރު ބުނަން މަވެސް އެދެމޭ
ލޯބިވާ ވަރު ދުލުން ނުބުނޭ