އުފާދިން ޖާދުވީރޭރޭ

ރާގު: ސުހާނީ ޗާންދަނީ ރާތޭ

އުފާދިން ޖާދުވީރޭރޭ ހަނދާނެއްވެސް ކަލާވޭހޭ

އެކީގާ ހޭދަވީ ރޭރޭ ހަނދާނެއްވެސް ހަނާވޭހޭ

ބުނާށޭ ލޯބިވީ މިންވަރު މިދުނިޔޭގާ ތި އުނިވީހޭ
ހަނާ ބޭނުންކަމެއް ދުވަހަކު މިދުނިޔޭގާ ނުފުދިވޭހޭ
އުޑުން ތަރިއެއްވިޔަސް ބޭނުން ވެދުންކުރުމަށް މަނޫޅެންހޭ
މިއީތޯއޭ ނަތީޖާއީ ހިތާމޭގާ ރުހުންވީތީ
އެކީގާ ހޭދަވީ ރޭރޭ ހަނދާނެއްވެސް ހަނާވޭހޭ
އުފާދިން ޖާދުވީރޭރޭ ހަނދާނެއްވެސް ކަލާވޭހޭ

މަގޭ ވޭހޭ ކުށެއްފެނިފާ މިދުވަހެއްގާ ޙަޔާތުންވެސް
މިއިން ވޭނީ ރިހުންދީފާ ތިދުރުކޮއްލީ ކަލާނޫންހޭ
ބަދަލުވާ މޫސުމާއެކުގާ މިގުޅުމަށްވެސް ބަދަލު އައީހޭ
އުފާދިންހާ އެރޭރޭތައް ހަނދާނެއްވެސް ކަލާވޭހޭ
އެކީގާ ހޭދަވީ ރޭރޭ ހަނދާނެއްވެސް ހަނާވޭހޭ
އުފާދިން ޖާދުވީރޭރޭ ހަނދާނެއްވެސް ކަލާވޭހޭ
އެކީގާ ހޭދަވީ ރޭރޭ ހަނދާނެއްވެސް ހަނާވޭހޭ
އުފާދިން ޖާދުވީރޭރޭ ހަނދާނެއްވެސް ކަލާވޭހޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު