ވަފާތެރި ރީތި މަޑުމޮޅި އަންހެނަކު

ވަފާތެރި ރީތި މަޑުމޮޅި އަންހެނަކު ލިބުމީ އިނާޔަތެކޭ
ނުލާހިކު ލޯބިވެތިކޮށް އެކުއުޅޭ ނަމަ ބޮޑު ހިމާޔަތެކޭ

މިދުނިޔޭގާ ދިމާވާހާ ތިމާޔަށް އެކި ހުރަސްތައް ގިނަ
ގިރާކުރުމަށް ރަނގަޅު އަތްބަކު ހުރުންއޭ ހާދަ ހިތްވަރެކޭ

ރަނގަޅު އަތްބަކު ކުރާ ޝަކުވާއަކީ ފުސްމޫނު ދައްކައިގެން
ރަނގަޅު ގޮތުގާ ތިމާއުޅުމަށް ލިބޭ އަގުހުރި ނަސޭޙަތެކޭ

މިފަދަ ހަލަބޮލި ޙަޔާތެއްގާ ތިމާ ކެނޑިނޭޅި ވާއިރުގާ
އެފަދަ އަގުމާތްވި އަންހެނަކީ މަދުންފެންނާނެ ރަންމުތެކޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު