ވެއްޖޭ ދިވާނާ އޭ ހިތާއޭ
ވެއްޖެ މަ ޙައިރާން އޭ ޒުވާނާ
ދިން އިޝްގު ވިޝްގުގާ ރާޖާ
ކުރި މަސްތު މަސްތުގާ ރާނީ
ތިޔަނަން ދުލުން ކިޔުން
ކިޔުން މަށަށް އާންމު ވެއްޖޭ
ހުވަފެންތަކުން ފެނުން
އާންމު ވެއްޖޭ ރާނީއޭ
ތިޔަ ކަންތަކާއި ހެދި ވަރަށް ހާސް މަވެއްޖޭ
ތިއުޅޭ ގޮތުން ވަރަށް ފޫހިވެއްޖޭ ރާޖާއޭ
ކުރި މަސްތު މަސްތުގާ ރާނީ
އެތަކެއްފަހަރު އެކީ އުޅެން ވަޢުދު ވެއްޖޭ
އެކަމަކު އެކަން މިއަދު އުވި ހިނގައްޖޭ ރާޖާއޭ
އިތުބާރުކުރި ދުވަސްތަކެއް ހަނދުމަވެއްޖޭ
ތިޔަހެދި ގޮތުން މަދެން އެކަނިވެއްޖޭ ރާނީއޭ
ދިން އިޝްގު ވިޝްގުގާ ރާޖާ