© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޔާރުގެ ނަލަކަން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ޔާރުގެ ނަލަކަން ހިތާއޭ ކުޅެލީ
ތާމި ބުނަނީ ފުރިހަމަ ރާގުން
ހާރުގެ މުތްތައް ޖަރީ އެކުރަނީ
ލޯބި މިތުރުގެ ނިޔަނެތި ބާރުން
މިތުރުގެ ލޯބިން ފުރާނަ ލިބިގެން،
ވާ އުފަލަކުން ލަވައޭ ކިޔެނީ
އިތުރު ބަހާރެއް މަހިތަށް ގެނުވީ،
ފެނުނު އެޔާރުގެ ފަރި ހަރަކާތުން
ހިތުގެ ލެޔާއެކު މިރާގު ހިނގަނީ،
ރީތި ދެލޮލުގަ ހުރި ގަދަ އަސަރުން
ޔާރުގެ ނަލަކަން ހިތާއޭ ކުޅެލީ
ތާމި ބުނަނީ ފުރިހަމަ ރާގުން
މޫނުގެ އަލިކަން ވޭއޭ ޔަޤީނުން،
ސާދަ ވަނަ ރޭ ހަނދުވަރު ފަދައިން
ތޫނު އަސަރު ހުރި ދެލޮލުގެ ނަޒަރުން،
މޭ ޒަޚަމްވީ ކުރި ޖަޒުބާތުން
ތޫނު ޝުއޫރުން ވިންދޭ ޖަހަނީ،
ހާއުފާ ދޭ ފޮނި އުއްމީދުން
ޔާރުގެ ނަލަކަން ހިތާއޭ ކުޅެލީ
ތާމި ބުނަނީ ފުރިހަމަ ރާގުން
ޒީނަތްތެރިކަން އިތުރުވަނީ ފަހެ،
ރޭގަނޑެއްފަދަ އިސްތަށިގަނޑަކުން
ވީނަސް ތަރިވެސް ލަދުން ނިވާވޭ،
މޫނުގާ ހުރި އަލިގަދަ ކަމަކުން
ކީނަމަވެސް ބަސްތައް އަމުނައިގެން،
ނެތޭ އަރާމެއް މިހިތުގެ ވޭނުން
ޔާރުގެ ނަލަކަން ހިތާއޭ ކުޅެލީ
ތާމި ބުނަނީ ފުރިހަމަ ރާގުން
ހާރުގެ މުތްތައް ޖަރީ އެކުރަނީ
ލޯބި މިތުރުގެ ނިޔަނެތި ބާރުން