© ދިވެހި ލިރިކްސް
ޢަބްދުﷲ ފާލިހު އާދަމް
-
ޢަބްދުﷲ ފާލިހު އާދަމް ގެ ލަވަތައް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އެޅި މި ކަނޑުމަތި
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
ފަޚުރަކަށް ވާނޭ ކަމަށް ހިތާ ވުން މަށަށް ކަނބުލޯ ލިބުން
ދަތުރަކަށް ފެއްޓީމެ އަހަރެން ފެނި ތިބާ ހުވަފެން ތަކުން
ކަނޑު މެދަށް ބަރަވެލި އެ ދުވެފާ މަޑުކުރަން އޮޑި ޖެހިފަ އޮއްވާ
ކަނނު އަނދިރި މާ ކަނޑު ތެރޭގާ ފަނޑު ނުވާ ތިޔަ ސޫރަ ދިއްލީ
އޮޑި މިއޮށް ފަރަކަށް އެރީއޭ އޮޑި ވަށާ މި ރެނދަން ލަނީ އޭ
އޮޑިކޮޅުން ފެންމަތި ވި ސަންދޯއް އޮޑި ވަށާ އެނބުރެން ފެށީއޭ
ފަޚުރަކަށް ވާނޭ ކަމަށް ހިތާ ވުން މަށަށް ކަނބުލޯ ލިބުން
ދަތުރަކަށް ފެއްޓީމެ އަހަރެން ފެނި ތިބާ ހުވަފެން ތަކުން
ގުޑުގުޑާ ނޮޅި ދަންމަވާ އަޑު ފުނޑުމުގާ ދައި ގޭނިދާ އަޑު
ހުނުމުގާ ކަނބަލުން އުޅޭ އަޑު ގައިމުވީ ކަނޑުމަތި އަޅާ އަޑު
ނެތްކަމުން ދިއްގަރު ރިހާކުރު ނެތް ހެދެން މައިތިރި މިހާރަކު
ކެތްކުރާވަރު ހިތްވަރެއް ނެތި ތިޔަ ހަނދާން ވާކަށް އިލާހަކު
އެދުމަކުން ފޯވެފަ މަ އޮވެގެން ފެށި ދަތުރު ބޭކާރު ވެވިގެން
ހެނދުނަކަށް ލޯހުޅުވެ މި ދަނީ ހޭލެވިއްޖޭ ފޯވެ ތެމިގެން
ފަޚުރަކަށް ވާނޭ ކަމަށް ހިތާ ވުން މަށަށް ކަނބުލޯ ލިބުން
ދަތުރަކަށް ފެއްޓީމެ އަހަރެން ފެނި ތިބާ ހުވަފެން ތަކުން
ތިބާ ހުވަފެން ތަކުން ފެނި ތިބާ ހުވަފެން ތަކުން
ތިބާ ހުވަފެން ތަކުން ފެނި ތިބާ ހުވަފެން ތަކުން