© ދިވެހި ލިރިކްސް
ފަޒީލް
ފަޒީލް ގެ ލަވަތައް
ރޭގަ ތިބާ ހުވަފެނުގަ ދުށީމޭ
ފަޒީލް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޤައުމަށް އައި މިނިވަން ނޫރާނީ
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
އައުދާނަ އިތުރު އަބުޠާލުންނަށް
ޒިކުރާގެ މަލުން މި ވެދުން ކުރަނީ
މާޒީގެ އުޖާލާ މަންޒަރުތައް
މާރީތި އުފާވެރި ކުރެހުންތައް
ދާތީ އަދު ހާމަ ވަމުން ކުލަތައް
ތާރީޚު އަލުން މި އިޢާދަ ވަނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
ދިވެހިންގެ މި ޢިއްޒަތްތެރި ބިމުގާ
ދިވެހިންގެ މުބާރިކު ފެހި ދަނޑުގާ
ދިވެހިންގެ މުރާލިކަމާ އެކުގާ
ރުވަމުން ދިޔަ ގަސްތައް ފޯދި ދަނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
ފިސްފިސްވެ މުޅިން ދިޔަޔަސް ވިރިގެން
ފަސްދާނު ލެވުނު ކަށިތައް ނެތިގެން
އިސްނެންގެވި ކާބަފައިން ދެއްވާ
އަސްލީ މިނިވަން ރޫޙޭ ލިބެނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
ދިނިގެން އަދު ގައުމު މިދާ ހިނދުގާ
މިނިވަން ދިދައެއްގެ ހިޔާ ދަށުގާ
އުނިކަން ނެތް ރޫޙާނީ ބިމުގާ
ހިނިތުންވާ ރޫޙުތަކޭ ފެނުނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
މަތިވެރި ވި ދިވެހި އަޖުދާދުންނަށް
މަތިމައްޗަށް ހުންނަ މި ސާބަސް ތައް
ފަތިފައްޗަށް އަމުނައިގެން މިގޮތަށް
މަތިވެރި ޝުކުރެއް ވެވެމުން މިދަނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ
އައުދާނަ އިތުރު އަބުޠާލުންނަށް
ޒިކުރާގެ މަލުން މި ވެދުން ކުރަނީ
ގައުމަށް އައި މިނިވަން ނޫރާނީ
ދައުރުން މި ހަނދާންތައް އާކުރަނީ