© ދިވެހި ލިރިކްސް
ޝަންމޫނު މުޙައްމަދު
-
ޝަންމޫނު މުޙައްމަދު ގެ ލަވަތައް
ސިއްރު
ޝަންމޫނު މުޙައްމަދު
މީރާ މުޙައްމަދު މާޖިދު
މަލޭކޭ އެއްފަދަ ނާޒުކު މުނިޔާ
ޝަންމޫނު މުޙައްމަދު
މީރާ މުޙައްމަދު މާޖިދު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދާންވީހެ މަރުވެގެން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދާންވީހެ މަރުވެގެން ހިތާމައިން މިޙާލުގާ
ވާންވީ ގޮތެއްވެގެން މިދުނިޔެއާ ވަކިވެހިނގާ
އަންނަ ކޮންމެ ތީރަކުން ހިތާއިމޭ ޒަޚަމްވެގެން
ކަން އެނގޭހެ ނިމިދަނީ ފުރާނަޔާ ދުރަށް ހިނގާ
ކަންކަމާ ފިކުރު ހިނގާކަށެއް ނެތޭ މިހާރު ދެން
ދަންނަވަން ނުކުޅެދިގެން މިވާގޮތެއް ރޮމުން ހިނގާ
ތެތްކަމެއް ނެތޭ މެއަކު ތެދޭ އަލުން ދިރޭކަށެއް
ހެއްކަކަށް ނުވާނެހޭ ތި ރޮނގުތަކެއް ޤަލަން ހިނގާ
ވާނުވާ ނުވެސް އެނގޭ ވަރަށް ޚިޔާލު ހުއްޓުމުން
ޖާނުގާ ނެތޭ ވަރެއް އުޅެކަށެއް މިހެން ހިނގާ
އިރުމަށަށް އެ ދައްކަމުން ދަތުރުކުރާ މަނާޒިރުން
ބިރުތަކާއިވެސް ދުރަށް ދެވޭކަށެއް ނެތޭ ހިނގާ
ދުނިޔެއަށް ޖެހޭ ވަޔާ އެކީ ދަތުރު ކުރާނެހެން
ބުނި ދެތިން ލަފުޒު ހިނގާ ޖެހޭ ވަޔާ އެކީ ހިނގާ
ކުރުނުކޮށް މިހަރުއަޑުން ގޮވާ ގޮވުން އިވުން ތެދޭ
ދުރުމިނެއްގެ ޚަބަރުވެސް އެނގެން އެދޭ ވަރުން ހިނގާ
އޮއްސަމުން ލޭކަރުނަތައް ލޯ ފުރަފުރާފަ ގިސްލަމުން
އޮއްސިދާހާ ތަރިރަކާ ސުވާލުކުރަމުންވެސް ހިނގާ
އުނިވެގެން މިދާދިއުން މިޙާލުގާ އުޅެންވުމުން
ދުނިޔެވެސް ނުވިސްނިކަން ޔަޤީންވަމުން ރޮމުން ހިނގާ