ތީ ނޭވާއޭ މަގޭ ވިންދޭ ތީ މަގޭ
ހިތާ ފުރާނައިގެ ދިރުމޭ ތީ ނޫންހޭ ރޭދުވާ މަގޭ
ތީ އުންމީދޭ މަގޭ މާޒީއޭ މަގޭ
ދެލޯ ފުރޭނޭ ދިޔައިމާ ތީ ނޫންހޭ ލޯބިވާ މަގޭ
ހެޔޮނުވާނޭ ރޮއްވާފާ ނުދާށޭ ލޯބިވާ އޭ އަންނާށޭ
އާދޭހޭ މީ ކުރާ ހުއްޓޭށޭ މާފު ދޭށޭ ހީލާށޭ
ކުށްކުރެވިއްޖޭ ކުށްކުރީ މަށޭ
ތީ ރާނީ އޭ މަގޭ މިލްކޭ ތީ މަގޭ
ގޮވާނަމޭ ލޯބި ވާތީ ތީ ނޫންހޭ އާޝިގާ މަގޭ
ހެޔޮނުވާނޭ ދޫކޮށްފާ ދިޔައިމީ ރޯލަރޯލާ ހުރެވޭނީ
އާދޭތޯ އިންތިޒާރު ކުރެވޭނީ
ހޯދާހޯދާ ހުރެވޭނީ
އިސްއުފުލާލަދީ ހިތްމަގޭ ރޮނީ
ތީ މަންޒިލޭ މަގޭ ރާސްތާއޭ މަގޭ
ނިޔާ އިވޭތޯ ހުރީމޭ ތީ ނޫންހޭ ސާހިބާ މަގޭ
ތީ ނޭވާއޭ މަގޭ ވިންދޭ ތީ މަގޭ
ހިތާ ފުރާނައިގެ ދިރުމޭ ތީ ނޫންހޭ ރޭދުވާ މަގޭ