އާދޭސް ކުރީމޭ މިތާ
އާދޭސް ކުރީ ރޮއެ ހަދާ
ޒައްރެއްގެ ވަރު، ނަމަވެސް ހިތުން
ލޯބިން ނިކަން ދެއްވަވާ
އިހުސާސްވޭ ހާދަ ވޭނެއް ހިތަށް
ބާކީވެ ލޯބީގަ މާޔޫސް ވެފާ
ހިތްދަތި ކަމޭ މަށަށް ދެން އޮތީ
ހިތްދަތި ކަމޭ އަޒަލުގާ
ލޯޔްބަށްޓަކާ އޮއިގޮތް ހެ މީ
އަސްތާ މަގޭ ތަގުދީރުގާ
ކުލައެއްނުވާ ހުވަފެންތަކޭ
ދެކެފާ ވަމޭ ތަދުބީރުގާ
ކަށިޖަންްގަލީގާ އަރާމެއްނުވާ
ރޯންހޭ މަވީދެން މިހެން އުމުރުގާ
ލޯޔްބަށް އެދުމުން މީހޭ އޮތް ގޮތް
މަރުވަން ވީހޭ މިގޮތަށް ވީމާ
ނުރުހުން ވުމުން ފާޅުގާ
އިހުސާސް ވޭ ....
އާދޭސް ކުރަން ދެކަކޫ މަތީ
ޖަހަމޭ ސަލާމް ގިސްލާރޮމުން
މަރުވެއްޖެ ނަމަ ހަދިޔާއަކަށް
ބޭނުން ވެޔޭ ހިނިތުން ވެލަން
ގަލުގާ ލިޔައިދޭށެ އަދި ދެން މިހެން
ލޯބީގަ ބާކީވި އިންސާނަކިން
އެތަނަށް ދާ އެންމެން ދެކިލަން
ލޯބިން ނިމިދިޔަ މީހެއްވާކަން
ފަހު ނޭވަޔާ އެކު ބުނަން
އިހުސާސް ވޭ ހާދަ ...