© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ބަލާލީމާ ލަދުން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ބަލާލީމާ ލަދުން ދެން މަށަށް އިސްޖެހެނީތާއޭ
މިވަރު މިވީ ރީތިކަމުން އަސަރުކުރީމާ
ޙިއްސުތަކާ ހިތާ މެޔާ ޤައިދުވަނީ ބާއޭ
ޢުމުރުގާވެސް ނުވާ ގޮތެއްމީ
މިއަށް ލޯތްބޭ ކިޔަންވީބާއޭ އޭ އޭ އޭ
އަބަދު ފަހަތްބަލާހެދީ ހީވެ ހުރީއޭ
މެންދަމުވެސް ޔާރާ ދެކެން ހިތް އެދޭތީއޭ
އަބަދު ފަހަތްބަލާހެދީ ހީވެ ހުރީއޭ
މެންދަމުވެސް ޔާރާ ދެކެން ހިތް އެދޭތީ
މިވާ ގޮތެއް ބުނަންދަތީ މަށަށް މިވީ ކީއްބާ
ޢުމުރުގާވެސް ނުވާ ގޮތެއްވީ
މިއަށް ލޯތްބޭ ކިޔަންވީބާއޭ އޭ އޭ އޭ
ދުރުގަ މިހެން ފިކުރު ކުރަން ގެއްލިފަ އިނދެވޭ
އެކަނި އުޅެން ހިތްއެދެޔޭ ދަންވަރުގާ ހޭލާ
ދުރުގަ މިހެން ފިކުރު ކުރަން ގެއްލިފަ އިނދެވޭ
އެކަނި އުޅެން ހިތްއެދެޔޭ ދަންވަރުހޭލާ
މަގޭ ހިތަށް އައޭ ބަދަލު މަށަށް އޭނާ ފެނިފާ
ޢުމުރުގާވެސް ނުވާ ގޮތެއްމީ
މިއަށް ލޯތްބޭ ކިޔަންވީބާއޭ އޭ އޭ އޭ
ޢުމުރުގާވެސް ނުވާ ގޮތެއްވީ
މިއަށް ލޯތްބޭ ކިޔަންވީބާއޭ އޭ އޭ އޭ
ބަލާލީމާ ލަދުން ދެން މަށަށް އިސްޖެހެނީތާއޭ
މިވަރު މިވީ ރީތިކަމުން އަސަރުކުރީމާ
ޙިއްސުތަކާ ހިތާ މެޔާ ޤައިދުވަނީ ބާއޭ
ޢުމުރުގާވެސް ނުވާ ގޮތެއްމީ
މިއަށް ލޯތްބޭ ކިޔަންވީބާއޭ އޭ އޭ އޭ