ބަޔަކު ބޯލަނބާތޯ
މާލޭ އަރާ ދެ ބަޑި ހޫރުވާލީ
ނާސިރާ ލުތުފީއާ ދަހިވެގެން ވެރިކަމަށް
ދަންވަރަށް މާލެ އަރާ ސޭކު ތިޔަވީ
ދަންވަރަށް މާލެ އަރާ ވަގަށް ތިއެޅީ
ބަޔަކު ބޯލަނބާތޯ.....
މާތްވި މައުމޫނުއާ އިލްޔާސް އަތުލުމަށް
ހޭދެބައި އެންބިއުލާންސޭ ތިދުއްވީ
ހޭދެބައި އެންބިއުލާންސޭ ތިދުއްވީ
ބަޔަކު ބޯލަނބާތޯ.....
މިސްކިތަށް އަރާފާ މައިކު އަނގަޔަށް ޖަހާ
ބާރުލާފާ މިސްކިތުގާ ހަޅޭއްލީ
ބާރުލާފާ މިސްކިތުގާ ހަޅޭއްލީ
ބަޔަކު ބޯލަނބާތޯ.....
ވަގު ސިފައިން ގޮވައިގެން ސިއްރިޔާތުން އަރާ
ދިވެހި މިރާއްޖޭ ކާލަންހޭ ތިއުޅުނީ
ދިވެހި މިރާއްޖޭ ކާލަންހޭ ތިއުޅުނީ
ބަޔަކު ބޯލަނބާތޯ.....
ހުކުހޮޅިއަ ހެނައޮޑާ މުޅޯއްޓަކަށް ގަލެއޮޑާ
އޭބޫ ދޮނަ ބަޑިޔަ ކިޔައިފާ ހަޅޭއްލީ
އޭބޫ ދޮނަ ބަޑިޔަ ކިޔައިފާ ހަޅޭއްލީ
ބަޔަކު ބޯލަނބާތޯ.....