ދަރުސުން ޔަޤީން އެފިލާދަނީ
ޤުދުރަތުގެ ރީތި މިސާލެކޭ
ޤަދަރުން މުޙައްމަދު މުޞްޠަފާގެ
މި ލާމަސީލު މަޤާމެކޭ
ދަރުސުން ޔަޤީނެ....
މައްކާ ބިމުން ފައްސާ ނަގާލި
ކުށެއްނުވާ މަޢުޞޫމުނޭ
ދައްކާލި ރައްދު ކިފާޙާގައި
ބައްރުންދެކޭ މިޖިހާދެކޭ
ދަރުސުން ޔަޤީނެ....
މަތިހަށިނަގާ އައި މުޝްރިކުން
މުއްސަނދި ވެގެން ހަތިޔާރުގައި
ދަތި ޙާލުގައި ދޫކޮށްލި މީ،
ނަފްސާ ފުރާނަ ހަނދާންތަކޭ
ދަރުސުން ޔަޤީނެ....
ރަޙްމަތުގެ މާތްވި އިރާދައިން
ތިންސައްތައެއްހާ މުސްލިމުން
ބަލިކޮށްލަނީ އެއްހާސް އެތައް
ޢަދަދެއްގެ ފޯރާ ފައުޖެކޭ
ދަރުސުން ޔަޤީން....
ދެއްކީ މިބަދްރުގެ ވާޤިޢާ
ކައު މުޞްޠަފާގެ ކަރާމަތޭ
ޙައްޤާއި ވާދަކުރަން އުޅޭ
ބަޔަކަށް ލިބޭނެ ޢިޤާބެކޭ
ދަރުސުން ޔަޤީން.....