© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދެވެނީ ލޯބިން ބެހިގެން އޮޔާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދެވެނީ ލޯބިން ބެހިގެން އޮޔާ
ޖެހި އެކި ރާޅުގަ މަ ތެންމާފައޭ
އޯ އޯ ޢޯ
ނިދުނަސް ތި ޚިޔާލުތަކޭ ފެންނަން ފެށީ ހާ
ހަމަ ފެންނަން ފެށީ
ވިރުނަސް ތިސޫރަ އެކީ ލޭގާ ވަނީ
ހަމަ ލޭގާވަނީ
ފިތުނަސް މި މޭގަމިވާ ހިތުގާވަނީ އަހާ
ހިތުގާވަނީ
ލިބުނަސް ހަނދުގާ އުފަލުން އެކީ
އެކި އެކި ކުޅިވަރު މަ ކުޅެލާނަމޭ
އޯ އޯ އޯ
ފެވުނޭ ތިސޫރަ ލޮލުން ބިންވަޅުނަގާ ހާ
ހަމަ ބިންވަޅު ނަގާ
ދެވުނަސް އެކީގަ މަގުން އަތުގާ ހިފާ ހޯ
ނިކަން އަތުގާ ހިފާ
ހެވުނަސް ކަލާގެ ލޮލުން ރުހިގެން މަށަށް
އެކީ ރުހިގެން މަށަށް
ފެތުނަސް ކަނޑުގާ ތިޔަނަން ފަވާ
އެކި އެކި ގާގަލުގަ ލިޔެލާނަމޭ
އޯ އޯ އޯ
އެކުވެރިވެ ލޯބި ނިކަން ކިޔައިދީބަލާ ހާ
ނިކަން ކިޔައިދީބަލާ
މެދުވެރިވެދާނެ ގޮތެއް ވިސްނަން މިތާ އޯ
އޮތީ ވިސްނަން މިތާ
ތެދުވެރިވި ލޯބި ހިބައިން ދިނުމުން މަށަށް
ހިބައިން ދިނުމުން މަށަށް
ކެއުމުގެ ދަޢުވަތު ފަރިއަށް ވިދާ
އެކި އެކި ތަރިތަކުގަ ބާއްވާނަމޭ