© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދިވެހި ޤައުމީ ޒުވާނުން ކެރޭ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދިވެހި ޤައުމީ ޒުވާނުން ކެރޭ
ދިވެހި މާޒީ ޙިމާޔަތް ކުރޭ
ދިވެހި އުންމަތުގެ މީ ޢިލްތިމާސް
ދިވެހި ލޭނާރު ތާޒާކުރޭ
ދިވެހި އާރޫޙު ސާބިތުކުރޭ
ދިވެހި އުންމަތުގެ މީ ޢިލްތިމާސް
ވާޖިބާ ޚިދުމަތާ ތިލަފަތުން ކިރާ
ލާށެ ޙުއްބުލް ވަޠަން ޢަޒުމަކުން ދިރާ
ވާށެ ދީނަށްޓަކާ ޖާނުދީ ފިދާ
ދާށެ ސީދާމަގުން ނެއްޓިގެން ނުދާ
ދާށެ އެންމެން އެކީ ދާށެ ރޫޙާއެކީ
ދިވެހި އުންމަތުގެ މީ ޢިލްތިމާސް
ދިވެހި ޤައުމީ ....
ބޭރު ދުނިޔޭގެ ސުންޕާ އަސަރުތަކުން
ނޭނގި ތިއްބާ ހަލާކުވެ މިދާ ކަތުން
ނޭދެވޭހާ ނުބައި ވިހަ ޢަމަލުތަކުން
ލޭ ޚަރާބުވެ މިދާހާ ވަބާތަކުން
އޭގެ މޫ ލުހެލަމުން ބޭރުކޮށްލާ ބިމުން
ދިވެހި އުންމަތުގެ މީ ޢިލްތިމާސް
ދިވެހި ޤައުމީ ....
މީ ބިމޭ އެންމެ މިނިވަން ހިޔާ ލިބޭ
މީ ބިމޭ ކޮންމެ ތާކުން އަމާން ލިބޭ
މީ ބިމޭ ކާބަފައިން އޮހޮރި ލޭ ހިލޭ
މީ ބިމޭ އިންޑިޔާ ކަނޑުގެ ރަން މުތޭ
ވީ މިބިން ފެހި ކުރަން ދީބު ރޯޝަންކުރަން
ދިވެހި އުންމަތުގެ މީ ޢިލްތިމާސް
ދިވެހި ޤައުމީ ....