ދިޔައިމާ ލޯބި މިހިތަށް ދީފާ ތިހަނދާން ހާދަހާ ވާނޭ

މިހިތް ނޭދޭނޭ،
މިހިތް ނޭދޭނޭ ގެއްލޭކަށް ހަނދާންތައް ހާދަހާ ވާނޭ
ދެރަވެފާ ނުހުރޭ ނުހުރޭ އިސްޖަހާލާރޯތީ ހިތްދަތިވޭ

ހިތާހިތް ރުއްސާ އުޅެއުޅޭ ތިބެފާ ފަސްދީ ދާންޖެހޭނޭ ހާދަހާ ހީވޭ
ދިޔައިމާ ލޯބި މިހިތަށް ދީފާ ތިހަނދާން ހާދަހާ ވާނޭ
ހަނދާނޭ އަދުވަނީ ފެނުމުން މިހިތް ހޯދަން ކަލާ އައިރޭ

ހިތުން ނުފިލާނެކަން
ހިތުން ނުފިލާނެކަން ގައިމޭ އެކީގާ ހޭދަވީރޭރޭ
ބަލާލާ ލޮލުގާ ވާ ޖަޒުބާތު ފެނުމުން ކެތްވެވޭނޭހޭ

މިލާތީ ސާފުސާދާ މޫނު ދުރުގާ ކެތްވެވޭނޭހޭ
ދިޔައިމާ ލޯބި މިހިތަށް ދީފާ ތިހަނދާން ހާދަހާ ވާނޭ
ހިތުގެ އަޑުއިއްވާދެވުނީތީ އެހީވާނަންހޭ އެހުނީއޭ

އަބަދު ޝަކުވާތަކާ އާދޭހާ ވެވެނީއެ ލޯބިވާތީއޭ
ކުރާ ފިކުރާ ލިބޭ އަނިޔާތައް ރޯލާ ހާމަކުރަނީހޭ

ވަކިވެދާނެތީ ބިރުހީވީހޭ އެކުގާ ދާންކެރޭނޭހޭ