ދުނިޔެ

އިއްވާ މަގޭ ޙާލު ފަސްދީފާ ދާއިރު
ވާނޭގޮތް ނޭނގޭތީ ގިސްލާ މަ ރޯއިރު
ކޮއްދޭނުހޭ ދަންނަވާ
ހެޔޮހާ ދުޢާ ދަންނަހާ

ދުނިޔޭގެ ދިރުމަށް ތަބާ އޭރު ވީމޭ
ޣާފިލުކަމަށް ހޭނި ބޯވެސް ލެނބީމޭ
ލޯބީގެ ދާނުން މަ ހޯދާފަ ޢިއްޒަތު
ޙީލަތްތެރިން ގާތު ހީލާ ހެދީމޭ
އިއްވާ މަގޭ ޙާލު ފަސްދީފާ ދާއިރު
ވާނޭގޮތް ނޭނގޭތީ ގިސްލާ މަ ރޯއިރު
ކޮއްދޭނުހޭ ދަންނަވާ
ހެޔޮހާ ދުޢާ ދަންނަހާ

ވަސްވާހުގާ ޖެހިފާ އާވާރާ ވީއޭ
ސިދާމަގަށް ނޭޅި ބާކީމަވީއޭ
އޯގާތެރިން ގެއްލި ބޭކާރު ވީއޭ
ބޭޒާރު ދުނިޔޭގާ ވާގޮތް ވަނީއޭ
އިއްވާ މަގޭ ޙާލު ފަސްދީފާ ދާއިރު
ވާނޭގޮތް ނޭނގޭތީ ގިސްލާ މަ ރޯއިރު
ކޮއްދޭނުހޭ ދަންނަވާ
ހެޔޮހާ ދުޢާ ދަންނަހާ

ހީވޭ މިބިން ރޫޅި އަޑިއަށް ދަނީހެން
ހީވޭ މޭ ވާހޫނުން ވިރިގެން ދަނީހެން
ހީވޭ މީ ކޯފާގެ އިންޒާރަކީ ހެން
ހީވޭ ހަށިން ބީވެ ނޭވާ ދަނީހެން
އިއްވާ މަގޭ ޙާލު ފަސްދީފާ ދާއިރު
ވާނޭގޮތް ނޭނގޭތީ ގިސްލާ މަ ރޯއިރު
ކޮއްދޭނުހޭ ދަންނަވާ
ހެޔޮހާ ދުޢާ ދަންނަހާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު