ދުށުން އެދި ހުރި އަރާމާ ލޯތްބަކީ ތީއޭ
ދުރުގަ ހުރުމަށް ކަލާޔާ ހިތް ނުރުހެނީއޭ
ދުށުން އެދި ހުރި އަރާމާ ލޯތްބަކީ ތީއޭ
ދުރުގަ ހުރުމަށް ކަލާޔާ ހިތް ނުރުހެނީއޭ
ހިޔަނި ފެނިފާވެސް ޔަގީނޭ ދުނިޔެ އޮޅިދާނޭ
ފަރިވެފާ ތިޔަހެން އިނީމާ ދަލަކު ޖެހިދާނޭ
ލަދުން އިންނާތީ ބުނަންހޭ ހިތަށް އެބަ ތަދުވޭ
ދުށުން އެދި ހުރި އަރާމާ ލޯތްބަކީ ތީއޭ
ދުރުގަ ހުރުމަށް ކަލާޔާ ހިތް ނުރުހެނީއޭ
ލަކުނު ހިތުގާ ލައްވަނީއޭ އަސަރުގަދަ ހީލުން
ބީހިލަން މަޖުބޫރު ކުރެޔޭ ތި ލަދުރަކި ހީލުން
ހިތުގަ ލިޔެލާދީބަލާށޭ ތިލޯބިއަތުން ނަންފަވާލާ
ދުށުން އެދި ހުރި އަރާމާ ލޯތްބަކީ ތީއޭ
ދުރުގަ ހުރުމަށް ކަލާޔާ ހިތް ނުރުހެނީއޭ
ދުށުން އެދި ހުރި އަރާމާ ލޯތްބަކީ ތީއޭ
ދުރުގަ ހުރުމަށް ކަލާޔާ ހިތް ނުރުހެނީއޭ
އާނ...............