އެ މުޙައްމަދުލް އަމީނޭ، އުއްމަތުގެ ސާހިބާއޭ
މި ވުޖޫދު އަލިވި ނޫރޭ، އަޅަމެންގެ ސާހިބާއޭ
މި މުޙައްމަދުލް އަމީނޭ
މައްކާގެ ބިންގަނޑުން މާތް، ރައްކާވުމުން މިދޭހަށް 2
ދައްކާލި އަލި އެނޫރުން، އެނގުނީ އެ ސާހިބާއޭ
މި ވުޖޫދު އަލިވި ނޫރޭ، އަޅަމެންގެ ސާހިބާއޭ
މި މުޙައްމަދުލް އަމީނޭ
ތުއްޕުޅު އިރުއްސުރެން މާތް، އުއްމަތުގެ ޙާލު ވިސްނާ 2
ހިތްޕުޅު އެ ސާފު އޯގާ، އެންމެންގެ ސާހިބާއޭ
މި ވުޖޫދު އަލިވި ނޫރޭ، އަޅަމެންގެ ސާހިބާއޭ
މި މުޙައްމަދުލް އަމީނޭ
ލައްވާށެ މާތް ޞަލާތާ، ބަރަކާތް އިތުރު ސަލާމާ 2
ނަށްއާލު އަދި ޞަޙާބީން، ޝާމިލްވެ ސާހިބާއޭ
މި ވުޖޫދު އަލިވި ނޫރޭ، އަޅަމެންގެ ސާހިބާއޭ
މި މުޙައްމަދުލް އަމީނޭ