އެވާރެއާ ތެމި ފޯވީ ހަނދާން ނެތީހެ ކަލާ
އެހާމެ ލޯބިން ފިދާވީ ހަނދާން ނެތީހެ ކަލާ
އެރޭގެ މެންދަމު ވިސްނާށެ ހަނދު އެރީ ނޫންހޭ
ވިލާތަކާގޮސް ނިވާވީ ހަނދާންނެތީހެ ކަލާ
އެހާމެ ލޯބިން ...
ތިރީތި ނަންބުނި ވައިރޯޅިއަށްމެ ސިއްރުންނޭ
ދެހިތްމެ މަސްތުވެފާވީ ހަނދާންނެތީހެ ކަލާ
އެހާމެ ލޯބިން ...
ދެލޯފުރާ ކަރުނުން އިންތިޒާރުގާ ވީމޭ
އެރީތި މާޒީ ޒަމާންވީ ހަނދާންނެތީހެ ކަލާ
އެހާމެ ލޯބިން ...