ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

އިސްނެންގެވި މާތްވީ ސާހިބުން

4

ފިލާނެތޯ ލޯތަކުން މިފޫދޭ

5

އެ މުޙައްމަދުލް އަމީނޭ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

އެދޭނަމަ ލޯބި ވާންވީވެސް

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން
ޢަދާވާތްތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން

މުދާމަދު ދެރަ ފަޤީރުން ވެސް ވެޔޭ ފައިސާވެރިންނަށް ވެސް
ވެދާނޭ އެންމެ ގާތްމީހުން ނުރައްކާ ދުޝްމިނުންނަށް ވެސް
ޢަދާވާތްތެރިވެ ރަޙްމަތްތެރިވެ އުޅެޔޭ ނަހަމައިން ވަރަކުން

ނިޝާނުންވެސް އެނގޭނެ ނިފާޤުބަލިހުރިނަމަ ވަމުންދާގޮތް
ހުށާމަދަކީ ހަގީގީ ލޯތްބަކަށް ނުފުދޭނެ ޝައްކެއް ނެތް
މިސާޢާތުގާ މިހާރު އަޖައިބުވޭ މީހުން އުޅޭގޮތަކުން

ރަނގަޅު ގެރިބަކަރިވެސް ދަނެޔޭ އެއަށް ކާންދީ އުޅޭ މީހުން
ރަނގަޅު ހެޔޮ ކޮންމެ ކަމަކަށް އޭގެ ހެޔޮބަދަލެއް އޮތުން ވާޖިބު
ރަނގަޅު މާތް މުސްލިމުންނޭ އިސްނަގަންވީ ޚުލްގު ހެޔޮ ހިތަކުން

ވިދާހާ އެއްޗަކީ ޚާލިސް ރަނޭ ކެރިގެން ބުނާނީ ކާކު؟
ނިދާން ފިނިފެންމަލުގެ ތަންމައްޗަކަށް މިދުނިޔެ އެދޭނީ ކާކު؟
ހަނދާންކޮށްލަންގެހޭ ދުނިޔޭގެ ދަތިކަން ކޮންމެ މަންޒަރަކުން

ނިދާފާ މިތިބެނީ މަރުވީމައޭ ކިރިޔާ އެ ހޭލެވުނީ
ހަދާނެގޮތެއް ކުރާނެކަމެއް ނެތީމާ ކަށްވަޅަށް ދާނީ
ނިދާނެއެނދެއް ވިދާހެދުމެއް ނުގެންދެވެޔޭ އެދާތަނަކުން

ހަލާކުވެދާނެ މިރިނުވެ ގޮބޮޅި ކާށިވެގެން އުޅެންވީމާ
މަލާމާތެއް ވަރަށް ނުލިބޭނެ އިޚުލާސްތެރިއަކަށް ވީމާ
ސަލާމަތްވާން އޮތީހަމަ ރީތި އަޚުލާގެއްގެ ނިސްބަތަކުން