ފަރިޤުލްޝަންވަނީ އަސަރުގާ
        
        ފަރިޤުލްޝަންވަނީ އަސަރުގާ 
ކުރުވާ ހިތް އުފާ ޚަބަރުގާ
އުދުހޭ ރޯޅިއައި ރަބީޢީ 
މާމަލުގައި ފިޔަތަކުގައި ދޭ ފިރުމުން 
ފަރި ޤުލްޝަން...
ފިތުރަތު އިނާޔަތުންދޭ ދިރުވީ މިރަންޒަމާނޭ
ޤުދުރަތުގެ ޙިކުމަތުން އާވެ ޒަމީން އާސުމާނޭ
ދޭހުގާ، ހާމަވާ ނޫރަކުން އަލިކުރާ މޭރުމުން
ފަރިޤުލްޝަން....
ޤާނޫނު މާތް އިލާހީ އަބަދަށްޓަކައި ހިނގާނޭ
ބާޠިލްކަމުގެ ބިނާތައް އަޞްލުން އެ ރޫޅިދާނޭ
ދޭހުގާ، ހާމަވާ ނޫރަކުން އަލިކުރާ މޭރުމުން
ފަރިޤުލްޝަން..
އަޙުމަދުގެ ނަންފުޅުންނޭ ޖަބަރޫތު އަލިވެފައިވީ
އިރުޝާދަކުން ޙަބީބީ ލާހޫތު ފުރި އެތާވީ
ދޭހުގާ، ހާމަވާ ނޫރަކުން އަލިކުރާ މޭރުމުން
ފަރިޤުލްޝަން....
އިސްރާއަކުން ޙަޤީޤީ މިޢުރާޖަކުން އިތުރުވީ
އެތަކެއް ދަރަޖަ އުފުލިގެން ހުރިހާ ނަބީންތެރޭންވީ
ދޭހުގާ، ހާމަވާ ނޫރަކުން އަލިކުރާ މޭރުމުން
ފަރިޤުލްޝަން...
އަދަދެއް ނުވާ ސަމާވީ ރަޙްމަތް އިތުރު ވެފައިވީ،
ނިމިގެންދިޔަސް އުޑާބިން ނުނިމޭ ބަލާޣަކުންވީ
ދޭހުގާ، ހާމަވާ ނޫރަކުން އަލިކުރާ މޭރުމުން
ފަރިޤުލްޝަން...