ފަރިވެލި ފިނިފެން މަލުގެ ވަހުން
ވަސް ފަތުރުވަމުންނޭ ޢީދު އައީ
ފަރިވެފޮޅޭ ފަރި ރީތި މަލާމެލި
އަތުރުވަމުންނޭ ޢީދު އައީ
ފަތިހު ފަޒާގާ ފެތުރިލި ފިނިކަން
މިތުރުންގެ ހިތަށް ފިނިކުރުވާ
ހިތުގެ އުފާ އިރު އުދަކުރުވާ
ތަކުރާރުވަމުންނޭ ޢީދުއައީ
ރޯޅި ވަޔާ ހެލިލާ އެކި ރާގުން
ފޯރި ހިފާލާ ޖައްވުތެރޭ
ކޯޅި އެމާ ހެލިލާ ފެނިލާހެން
ޝޯޚްވެދާހެން ޢީދު އައީ
ކަންކޮޅުގާވާ އެކިއެކި މުސްލިމް
އެންމެތަކުންނަށް އެކުއެކުގާ
ދިންނެވުމާ ހެޔޮހާ މި ސަލާމާ
އެކުވި އުފާވެރި ޢީދު އައީ