ކަނުލާ ކަންފަތުން އަޑު މީ އަހާށޭ
ކަނު މީ ހިނދެއްކަން ދަނެގެން އުޅޭށޭ
ފަސްތަނބުގެ ހިޔާ ދަށުގާ އުޅޭށޭ
ފަސްމަތީ ހުރިހާ ހިނދުގާ އުޅޭށޭ
ލޯބި ލޯބި ދޫންޏާ
ކިޔާ މެ ޝަހާދަތް ހިތުދަސް ކުރާށޭ
ނަޔާ އެ މައުނަވެސް އަދުދަސް ކުރާށޭ
ނަމާދު ފަސްއިރައް އަދަޔައް ކުރާށޭ
ނަމާދު ފަސްކުރަން ހިތުގާ ނުލާށޭ
ޒަކާތު މިންވަރެއް ދީގެން އުޅޭށޭ
ޒަކާތް މެ ދޭހިނދު ހެޔޮހިތް ކުރާށޭ
ރަނާ ރިހިން ދިނަސް ދެއްކެން ނުދޭށޭ
ސަނާ އެ ހަސްތީން ހޯދަން މެދޭށޭ
ރޯދަމަހުގެ ރޯދަ ހަމަޔައް ހިފާށޭ
ރޯދި ބަރަކާތުން ފުރިގެން މެދާނޭ
ފޯރާހިނދު ހައްޖު އަޅުކަން ކުރާށޭ
ފޯރާހިނދު މާލު ބޭނުން ހިފާށޭ