ފެހި ފެހި އާޒާދީ ނޫރޭ އާވާނީ
އުންމަތް ވެގެން ޖަރީ ގައުމީ ރޫހުން
ހަމްދަމް ވެވޭހެހެން އަޚުނާ އުޚުތުން
ދެއްވެވި އިރުޝާދީ ނޫރޭ އާވާނީ
ވަޠަނުގެ ޝަހީދުނާ ޤައުމީ ބަޠަލުން
އަރިހަށް ވެދުންވެވޭ ދާސްތާ ގަތަމުން
ފަރިވާތީ ވާދީ ނޫރޭ އާވާނީ
ޤައުމުގެ ރިޔާސަތަށް ޝުކުރުން އުފެދޭ
ރައުނަޤު ޢިބާރަތުން ބަރުތީލަވެވޭ
ޝަރަފުން ދޭ ޔާދީ ނޫރޭ އާވާނީ