ފެނުމުން ގޮވާލީ ލޯބިވާތީ

ފެނުމުން ގޮވާލީ ލޯބިވާތީ
ސިއްރުން ބަލާހެން ހީވާތީ
ލޯ ހީވަނީ ވިދާހެން ރީތިވީމާ
ލަދުގަންނަނީހޭ އަތްލެވޭތީ

ތިގޮތަށް އުޅޭނޭ ލޯބިވީމާ
މިހިރީ ލަދުންނޭ އަތްލީމާ
ލޯ ހީވަނީ މެރޭހެން ކައިރިވީމާ
ފާޅުގާ ސަމާސާ ކޮށްލީމާ

ހިނިތުންވެލީމޭ މިހިތަށް މިވާގޮތް
ބުނެދޭ ހިތުންނޭ ހިތްރޮނީ
އަތުގާ ހިފާފާ ފިރުމާލަދޭށޭ
ލޯބިންބުނާހެން ހީވަނީ
ހާނ ލޯބިން ކަލާ ދީފިން މަގޭހިތް
ވައިރޯޅި ހެކިކޮށްފާ ހުވާ

ތިގޮތަށް .....

ލޯބިން މަގޭ ހިތް ހޯދަން އެދޭ ހިތް
ހިތަކަށް ލިބޭތީ ވޭ އުފާ
ކައިރީގަ ހުންނަން ލޯބިން މިއެދެނީ
ކުރުމަށް އެދޭތީ ހިތްއުފާ
ހމ... ލޯތްބަށްޓަކާ ހިތް ބޭޒާރުވާތީ
ހީވޭ ރޮވޭހެން ހުވާ

ފެނުމުން ގޮވާލީ .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު