ހެޔޮ ޙާލުގާ ކަލާތިހެން

ހެޔޮ ޙާލުގާ ކަލާ ތިހެން ހިނިތުންވެފާ ހުރޭ
ހެޔޮ ޙާލުގާ ކަލާ ތިހެން ހިނިތުންވެފާ ހުރޭ
ސާދާ ލޮލާ ދެ ތުންފަތާ
ސާދާ ލޮލާ ދެ ތުންފަތާ
ފެނުނަސް މިހިތް ފުރޭ
ހެޔޮ ޙާލުގާ ކަލާ ތިހެން ހިނިތުންވެފާ ހުރޭ

ހަނދުވަރު ދިނަސް ހަނދެއް ނެތޭ
ހައިރާން ނުވޭ ކަލާ
ހަނދުވަރު ދިނަސް ހަނދެއް ނެތޭ
ހައިރާން ނުވޭ ކަލާ
ދާށޭ ހަނދުގެ މަގާމުގާ
ދާށޭ ހަނދުގެ މަގާމުގާ
ރަނިކަން ކުރަން މިރޭ
ހެޔޮ ޙާލުގާ ކަލާ ތިހެން ހިނިތުންވެފާ ހުރޭ

ބީހޭ ހިމޭން ވަޔާ އެކީ
ތިޔަ ނަން އިވޭ މިހާރު
ބީހޭ ހިމޭން ވަޔާ އެކީ
ތިޔަ ނަން އިވޭ މިހާރު
ނާހާ ދެވޭނެހޭ ރުޅިން
މަޚުލޫގަކަށް ދިރޭ
ހެޔޮ ޙާލުގާ ކަލާ ތިހެން ހިނިތުންވެފާ ހުރޭ

ނޭގޭހެ ހާދަ ލޯބިވޭ
ވިސްނާށެ އައި ބަދަލް
ނޭގޭހެ ހާދަ ލޯބިވޭ
ވިސްނާށެ އައި ބަދަލް
ނިންޖާ އަރާމު ނޭދެމޭ
ނިންޖާ އަރާމު ނޭދެމޭ
އެކަމާ އުފާ ކުރޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު