ހިތް ބޭނުމޭ ދުލުން
މިވާ ލޯބި ކިޔާލަ ދޭން
ކަލާއަށް ޓަކާ ހިމޭން
މަންޒިލެއްގަ ލޯބި ދޭން
އަތުގާ ހިފިއްޔާ،
މަގޭ ޖާނު ދޭނަން
ލޯބިން ހަޔާތެއް
އެކީ ހޯދަ ދޭނަން
ހަނދުގެ ރީތި އާލަމަށް
ދާނުހޭ ކަލާ މިރޭ
ލޯބިވާ ހިތެއްގެ މީ
އާދޭހޭ ހަނދާން ކުރޭ
ދެހިތް ގުޅިފަ ވާ ހެން
ވުމުން ހިތް ދީވާނާ
ލިބުން ހިތް އެދޭނީ
ތި ލޯބީގެ މޫސުމް
ހިތް ބޭނުމޭ…
ސާފު ލޯބި މޫނުގާ
ބީހިލީމަ ފާޅުގާ
ހީވޭއޭ އެންގޭނެހެން
ހިތް މަގޭ ގޮވާ ގޮވުން
އަދަދެއް ނުވާހާ
ހުވަފެން ތަކެއްގާ
އަތުން ބީވެ ދާތީ
ޒުވާން ކަމުގެ މޫސުމް
ހިތް ބޭނުމޭ......