ހިތް އެދޭތީ ހަނދާނުން ރޮވޭ

ރާގު: ޒިންދަގީ ޕިޔާރްކާ ގީތްހޭ

ހިތް އެދޭތީ ހަނދާނުން ރޮވޭ
ގެއްލި ދިއުމުން އެ ލޯބިން އެކީގާ
ހިތް އެދޭތީ ހަނދާނުން ރޮވޭ
ގެއްލި ދިއުމުން އެ ލޯބިން އެކީގާ
ކެތްނުވާތީވެ އާހުން ލިބޭ
ނަފްސު ނިމިދާނެ ރޫޙާއެކީގާ

ފުން ހިތާމައިގެ އިޙުސާސުގާ
މޯޅި ކޮށްލީ ހިތޭ ވޭނުގާ
ފުން ހިތާމައިގެ އިޙުސާސުގާ
މޯޅި ކޮށްލީ ހިތޭ ވޭނުގާ
ހިތްވަނީ އޭގެ ވަސްވާހުގާ
ލޯބި ބުނެދިން އެ ޖާނާ އެކީގާ
ހިތް އެދޭތީ ހަނދާނުން ރޮވޭ
ގެއްލި ދިއުމުން އެ ލޯބިން އެކީގާ

ގަސްދުގާ ބޭވަފާވީ ކަލާ
ފިރުމަދީފާހެ އަންގާނުލާ
ގަސްދުގާ ބޭވަފާވީ ކަލާ
ފިރުމަދީފާހެ އަންގާނުލާ
ގިސްލަމުން ލާ މިނޭވާ ގުނާ
ދޭނެ ފަރުދެއް ނެތީހޭ އެކީގާ
ހިތް އެދޭތީ ހަނދާނުން ރޮވޭ
ގެއްލި ދިއުމުން އެ ލޯބިން އެކީގާ

ފަރިވެފާ ރީތި މާތައް ފޮޅޭ
ބީދައިން މޯޅިވެސް ވާނެޔޭ
ފަރިވެފާ ރީތި މާތައް ފޮޅޭ
ބީދައިން މޯޅިވެސް ވާނެޔޭ
ދިރިހުރުން މީއެ މެހެމާނެކޭ
ދާށެ ޖެހެނީ މިދުނިޔޭން އެކީގާ
ހިތް އެދޭތީ ހަނދާނުން ރޮވޭ
ގެއްލި ދިއުމުން އެ ލޯބިން އެކީގާ
ކެތްނުވާތީވެ އާހުން ލިބޭ
ނަފްސު ނިމިދާނެ ރޫޙާއެކީގާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު