ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ހުވަފެންތަކެއް ދެއްކީ ކަލާ

ރާގު: ކެއިސޭ ކޮއީ ޖާނޭ ބަލާ

ޅެން: ޢީސާ ޝަރީފު

ހުވަފެންތަކެއް ދެއްކީ ކަލާ
ނޭނގޭތީ ތާބީރު
ނިންޖެއް ނޭނގޭ ލޮލަށް
ވިސްނޭނެހޭ ތަޤުދީރު
ކުރެހެންފެށީ މޭގާމަގޭ ގޮތް
ނުއެނގޭ ތަސްވީރު
ނިންޖެއް ނޭނގޭ ލޮލަށް
ވިސްނޭނެހޭ ތަޤުދީރު

ފެނުމުން ތި ސާދާ މޫނާ ލޯ
ވާނޭ ގޮތެއް ނޭނގެޔޭ
މިހިތާމެއާ ފެނިފާ ކަލާ
ހުއްޓޭނެހެން ހީވެޔޭ
ހީވެޔޭ
ސީދާބުނޭ ބޭނުންވަނީ
ލޯބިން ކުރާ ތަދުބީރު
ނިންޖެއް ނޭނގޭ ލޮލަށް
ވިސްނޭނެހޭ ތަޤުދީރު

މޭގާ ޖަހާހާ ވިންދަކީ
ކަމަނާގެ ޙައްގެއް އިނގޭ
މުޅި ހަށިގަނޑާ ލޭގާ މިތުރު
ކޮށްދޭށެ ރަނިކަން އިނގޭ
ދެން އިނގޭ
އަތްފައިމަގޭ ބާރޭ ދަނީ
އެޅިފައިވީ ޒަންޖީރު
ނިންޖެއް ނޭނގޭ ލޮލަށް
ވިސްނޭނެހޭ ތަޤުދީރު