އިންސާފެއް ލޯބީގާ ނެތޭ

އިންސާފެއް ލޯބީގާ ނެތޭ
ކެހިވެރި މިދުނިޔޭގާ
ރޯލާ ރޯލާ
އޮވެދާނަން އަނދިރީގާ

ލޯ މަރަނީ ދެކޭށޭ
ރީތި ހުވަފެން
ނޯވެ އަނިޔާގާ
ހީ ކުރަމޭ ވެދާނޭ
ލޯބި މަންޒިލް
އޭގެ ހިޔަނީގާ
ރޯލާ ރޯލާ
އޮވެދާނަން އަނދިރީގާ
އިންސާފެއް .....

ނަން އިވުނަސް ހިތާމޭ
ހާދަ ތެޅެޔޭ
ލޯބި ހަނދުމައިގާ
ފުން އަސަރުން ފުރާލީ
ސާފު ދެލޮލޭ
ފޭބި ކަރުނައިގާ
ރޯލާ ރޯލާ
އޮވެދާނަން އަނދިރީގާ
އިންސާފެއް .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު