އިންސާނެކޭ ދަނީ

ރާގު: ގުމް ނާމްހޭ

އިންސާނެކޭ ދަނީ ބަދުނާމެކޭ ވަނީ
މަސްތު ނަޒަރު ލޯބި އެދިން
ކޮންތާކުހޭ ވަނީ
އިންސާނެކޭ ދަނީ ބަދުނާމެކޭ ވަނީ
މަސްތު ނަޒަރު ލޯބި އެދިން
ކޮންތާކުހޭ ވަނީ

ގިސްލާ ގިސްލުން ވީ ގުޅިފާ
ނަފުސާ ޖާނު މި ހިތި ޒަހަރާ
ގިސްލާ ގިސްލުން ވީ ގުޅިފާ
ނަފުސާ ޖާނު މި ހިތި ޒަހަރާ
ކާކު ދެކެން އަދު ހުންނާނީ
ލޭ ކަރުނަ އޮހޭ
ކަރުނަ އިހޭ ޝަކުވާ މި ކުރާ
އިންސާނެކޭ ދަނީ ބަދުނާމެކޭ ވަނީ
މަސްތު ނަޒަރު ލޯބި އެދިން
ކޮންތާކުހޭ ވަނީ

އަތަކުން އޯގާވެރި ދިންހާ
ޢިޝްޤު އެކޮއްލީ ވީރާނާ
އަތަކުން އޯގާވެރި ދިންހާ
ޢިޝްޤު އެކޮއްލީ ވީރާނާ
ވާނެ މިޙާލަށް ޙަމްދަރުދީ
އޭ ކާކު ހުރީ؟
ކާކު ހުރީ ދުނިޔޭން ވިސްނާ؟
އިންސާނެކޭ ދަނީ ބަދުނާމެކޭ ވަނީ
މަސްތު ނަޒަރު ލޯބި އެދިން
ކޮންތާކުހޭ ވަނީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު