އިރާދައިގާ ވަނީ ވިއްޔާ

އިރާދައިގާ ވަނީ ވިއްޔާ
ޔަޤީން ތިޔަ ލޯބި ލިބެވޭނޭ
ތުރާލާ ވޭންތަކާ ނެތިގޮސް
ތިބާ ފަހެ މިލްކު ވެވިދާނޭ
އިރާދައިގާ ވަނީ ވިއްޔާ
ޔަޤީން ތިޔަ ލޯބި ލިބެވޭނޭ
އިރާދައި.......

އެތައް އަނިޔާ ތަކެއް އަމުދުން
މި ލޯތްބަށް ދޭން ބަޔަކު އުޅުނަސް
އެތައް އަނިޔާ ތަކެއް އަމުދުން
މި ލޯތްބަށް ދޭން ބަޔަކު އުޅުނަސް
މި ލޯތްބަށް ދޭން ބަޔަކު އުޅުނަސް
ހިތާށެ މިކަމަކަށް ހުރަހެއް
އެޅޭނެ ގޮތެއް ނުވެސް ވާނޭ
އިރާދައިގާ ވަނީ ވިއްޔާ
ޔަޤީން ތިޔަ ލޯބި ލިބެވޭނޭ
އިރާދައި.......

ޒުވާން މިދެހިތް ދުރަށް ލުމުގާ
ކުރާ ތަދުބީރުތައް އެއުރެން
ޒުވާން މިދެހިތް ދުރަށް ލުމުގާ
ކުރާ ތަދުބީރުތައް އެއުރެން
ކުރާ ތަދުބީރުތައް އެއުރެން
ޔަޤީނޭ އާދެ ތަޤުދީރުން
އެ ރޭވުންތައް ދުރަށްލާނޭ
އިރާދައިގާ ވަނީ ވިއްޔާ
ޔަޤީން ތިޔަ ލޯބި ލިބެވޭނޭ
އިރާދައި.......

ދެ ޖިސްމު ދެތަން ކުރަން އުޅުނަސް
އެކަންތައް ރާވަމުން ދިޔަޔަސް
ދެ ޖިސްމު ދެތަން ކުރަން އުޅުނަސް
އެކަންތައް ރާވަމުން ދިޔަޔަސް
އެކަންތައް ރާވަމުން ދިޔަޔަސް
އަހާށެ މިދެހިތަށް އުފަލެއް
ލިބުން ނޫނީ ނުވެސް ވާނޭ
އިރާދައިގާ ވަނީ ވިއްޔާ
ޔަޤީން ތިޔަ ލޯބި ލިބެވޭނޭ
ތުރާލާ ވޭންތަކާ ނެތިގޮސް
ތިބާ ފަހެ މިލްކު ވެވިދާނޭ
އިރާދައި......

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު