އިތުބާރު ގެއްލުނީމާ

ރާގު: މިލްތީހެ ޒިންދަގީމޭ މުހައްބަތް ކަބީ ކަބީ

އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ

މީހުންތެރޭ ވެފާ މަތި މާ މީހަކަށް ވިއަސް
މީހުންގެ ނަފުރަތާ ނުރުހުން ނޫން އޮތީ އޮތީ
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ
އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟

ކުރުނީސްކުރާ ދެޖިންސުގެ ސަފުތައް ވަށާ އޮތަސް
ޙުރުމަތުގެ ދާވަނީ ކުލަ ވިދުމެއް ނެތީ ނެތީ
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ
އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟

ނަންހުރެ އަރާދިޔަސް މެޔެ އެންމެންތެރޭ އުހަށް
ހަންހާރަކަން ޖަމާޢަތުން ލިބުމެއް ނެތީ ނެތީ
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ
އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟

ބަސްތައް ގަތާލިޔަސް ފޮނި މީހުންގެ ހިތްކިޔާ
އަސްލާ ޙަޤީޤަތާ އެކު ގުޅުމެއް ނެތީ ނެތީ
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ
އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟

ޖުއްބާތެރޭ ވިޔަސް ފެތި ފަށުވީގެ ކުލައަރާ
"ކައްޗާވެފައިވި" ރީތިނަން ލިބުމެއް ނެތީ ނެތީ
މިތުރާ ޙަޔާތުގާ ނަލަ ފެހިކަން މަތީ މަތީ
އިތުބާރު ގެއްލުނީމާ ކޯއްޗެއް އޮތީ އޮތީ؟

އޯޑިއޯ ރެކޯޑު ކޮށް ވީޑިއޯ ތައްޔާރު ކުރީ އޭ.އެސް.ޕީ. ސްޓޫޑިއޯ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު