ކަރުނަ

މަގޭ ލޯ ކަރުނައިން ތެމިއްޖެޔޭ މަގޭ ލޯބިވާ އަޚުންނޭ މަގޭ އުންމަތާ މެދުގާ މަގޭ، ބަސް ހުސްވެ ކޮސް މަ ވެއްޖެޔޭ މަގޭ ލޯމަތިން އަނިޔާކުރާ މަންޒަރުތަކެއް ފެނިއްޖެޔޭ މަގޭ އުންމަތޭ ގޮވަމުން ދަނީ އިސްލާމުނޭ ރޮމުންދަނީ ފިރުމާލަދޭނޭ އަތްތަކެއް، އެކުދިންނަށް ވޭހޭ ކަރުނައިގެ ތިކިތައް މޫނުން، ފޮހެދޭނެ ދެއަތެއް ވޭހޭ ހިރަފުސްތަކާ ދުންތަކުތެރޭ ނޭވާލަމުން އެދަނީ އިރުއިރު ކުޅާ ގެދޮރުތައް، ފުނޑުފުނޑު އެބަ ކޮށްލަޔޭ ބަލަ ރަހުމަތެއް ނުވަނީތޯ ބަލަ ވާޖިބެއް ނުވަނީތޯ ބަލަހައްޓައިގެން ތިތިބެނީ، ނަލަ މަންޒަރެއް ވީމަތޯ ހިތަކަށް ކެތެއް، ނުވާނެޔޭ ހިތަކުން ފިލާ ނުދާނެޔޭ ހިތްހަމަ ޖެހުމެއް ނުލިބޭނޭޔޭ ހިތް ފުންޑުފުޑުވެ ގޮސް ނިމިއްޖެޔޭ ބިކަހާލުގާ މަގުމަތިވެފާ މާޔޫސްވެފާ ފެންކަޅިވެފާ ބިރުވެރިކަމުން ނާމާންކަމުން ރޮއެރޮއެ އެތިބީ ގޮތް ހުސްވެފާ ރިހުމާއިވޭން އަޅާއިރު ފަރުވާލިބުން އެދެމުންދަނީ ދިރުވާލުމަށް ބޯން ފެންފޮދެއް ލިބުމަށް އެތިބަ ގޮވަމުންދަނީ ގުނަވަންތަކޭ ޗިސްޗިސްވަނީ އުމުރަށް ނުކުޅެދޭ ގޮތްވަނީ ބަލަހައްޓައިގެން ތިތިބެނީ ނަލަމަންޒަރެއް ވީމަތޯ ވަކިވަކިވެގެން ހިނގައްޖޭ ނިކަމެތިކަމެއް ލިބިއްޖޭ ކުދިކުދިވެ ބައިބަޔަށް ބެހި ހަސްފަސްވެ އުންމަތް ހިނގައްޖޭ އުންމަތް ބިނާކުރެއްވީ އުންމީދުގާ ނޫންތޯ އުންމަތުގެ ސާހިބާއެއް ގުރުބާންވެލެއްވި ނޫންތޯ އަނިޔާތަކާ ޒަޚަމްތަކެއް އެތަކެއް ލިބިފަވޭ ނޫންތޯ އަނިޔާވެރިންގެ ބަސްތަކާ ކުރިމަތިއެލެއްވި ނޫންތޯ ހިތްވަރުލަމާ އެކުވެރިވަމާ އަވަހަށް ހިނގާ އެހީވަމާ އުންމަތްއެކީ އެކުވެރިވަމާ ބައިބައިވުމުން އެކަހެރިވަމާ މަގޭ ލޯ ކަރުނައިން ތެމިއްޖެޔޭ މަގޭ ލޯބިވާ އަޚުންނޭ މަގޭ އުންމަތާ މެދުގާ މަގޭ، ބަސް ހުސްވެ ކޮސް މަ ވެއްޖެޔޭ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.