ކަރުނަ ނުހިކޭ މިލޮލުން މަގޭ
ކަފުނެއްގަވީތި ބައްޕަ މިރޭ
ހީވޭ މަށަށް ތެދުވާނެ ހެން
ހިނިތުންވެ އިނދެ ފިރުމާނެހެން
ކިހިނެއް ބަޔާން ކޮށްދޭނީ މިހާރު
ދިޔުމުން އައުމެއް ނެތް ވުޖޫދަކަށް
ކިހިނެއް ބަޔާން ކޮށްދޭނީ މިހާރު
ދިޔުމުން އައުމެއް ނެތް ވުޖޫދަކަށް
ކުރަމޭ ދުއާ އަޅު ހަޒުރަތަށް
ލައްވާށީ ފުރިހަމަ ޖަންނަތަށް
ޅައިރުދިންހާ ލޯބި އަދު
އާލާ ވެގެން ދޭ ލޯމަތީ
ކަރުނަ ނުހިކޭ މިލޮލުން މަގޭ
ކަފުނެއްކަވެތި ބައްޕަ މިރޭ
ދެއްވާނެ ނަމަ އަނބުރާ އެދުވަސް
ކުޑަވަގުތު ކޮޅަކަށް ވިޔަސް
ދެއްވާނެ ނަމަ އެދުވަސް އަނބުރާ
ކުޑަވަގުތު ކޮޅަކަށް ވިޔަސް
ލޯބިވެތި ފިރުމުންތަކާ،
ލޯބި ދިން އެ ދުވަސް ތަކާ
ކަރުނަ ނުހިކޭ މިލޮލުން މަގޭ
ކަފުނެއްގަވީތީ ކާފާ މިރޭ
ކުރަމޭ ދުއާ އަޅުހަޒްރަތަށް
ލައްވާށީ ފުރިހަމަ ޖަންނަތަށް