ކިޔާ ފޮނި ތަރާނާ
                ރާގު: އަމިއްލަ
        
        ނަޔާ ފަރިވެ ޒީނަތްވީ..
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ
ކިޔާ ފޮނި ތަރާނާމީ ޙަޔާތުން އެދޭމަލާ
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ
ދުރަށް ނުގޮސް ހުރީމޭ، ކުރަމެ ޤަދަރު ބުނީމޭ 
ވަރަށް ލޯބިވޭ ގައިމޭ ވި ރަންލޯބި ހިތް ދެމޭ
ކިޔާ ފޮނި ތަރާނާ މީ ޙަޔާތުން އެދޭ މަލާ
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ
ހިތުގެ ތެރޭ ނަން ފަވައިފި، ފިތުރަތު ހިނިތުންވެލައިފި
 ފިތުނަވެރިން ކަޅިއަޅައިފި..
ފިތުނަވެރިން ކަޅިއަޅައި، މިތުރުން އުފަލުން ނަށައިފި
ކިޔާ ފޮނި ތަރާނާ މީ ޙަޔާތުން އެދޭ މަލާ
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ
މާ ނިޔަނެތިވީ ފަރި ހިނދު، ވައިފިނި ފަތުރައިފި ހުވަނދު
 މާ ފެނިގެން ނަށަމުން އަދު އައި ފޮނިކޮޅު ބޯށި ބަޅިނދު
ކިޔާ ފޮނި ތަރާނާ މީ ޙަޔާތުން އެދޭ މަލާ
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ
މަލަށް ޒުވާން ބެލީމާ، ގިލަން ހިތުގެ ފިލީމާ
 އަލަތު ލޯބި ވެވުނީމާ..
އަލަތު ލޯބި ވެވުނީމާ އަލަށް ލޯބިކޮށްލަމާ
ކިޔާ ފޮނި ތަރާނާ މީ ޙަޔާތުން އެދޭ މަލާ
ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ