ލޯބީގެ މޫސުން ދަނީއޭ
މާޔޫސް ހިތް އަދު ވަނީއޭ
ޒަމާންވީ މިލޯތްބަށް ތޫފާނަކުން އައި
އޮއެގާ މި ބެހިގެން ދަނީއޭ
ވާރޭވިލާ އިތުރުވެއްޖެޔޭ
ވައިރޯޅިވެސް ބަދަލުވެއްޖެޔޭ
އިތުރު ހިތްވަރެއް އިތުރު މަންޒިލެއް
ލިބޭނޭ ބުނާކަށް މިއަދު ނޭގެޔޭ
ލޯބީގެ މޫސުން......
ފަޅުކަން ހިތުން ފިލާކަށް ނެތޭ
އަޅާވޭނަކަށް ބޭހެއް ނެތޭ
ރަޙުމެއް އެދޭ އެކަކުވެސް ނެތޭ
އާދޭސް އަހާނެ މީހަކު ނެތޭ
ލޯބީގެ މޫސުން......