ލޯބި ލޯބިން ލޯބީގެ ދާނުން
ހޯދާ ބެލީމޭ އުފަލެއް ލިބޭތޯ
ހޯދި ހޯދުން ބޭކާރުވީމާ
ދުނިޔޭގަ ހޯދޭ އުފަލެއް ކޮބާއިތޯ؟
ވަޢުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ
ނުނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ
ވަޢުދަށް ކަމޭހިތާނަމޭ ބުނެފައި ނުވޭހޭ؟
ވީމޭ ތި އިންތިޒާރުގާ އެތަކެއް އަހަރު ހިލޭ
ތީހޭ ކަލާގެ ޒާތަކީ ވެދިއުންހެ ބޭވަފާ
ދެގޮތެއް މަށެއް ނުވާނަމޭ ބުނެފައި ނުވޭހޭ؟
ނުރުހުން ވިޔަސް ތިހެން ކަލާ ހިނިތުން ވިޔޭ ކުރިން
އޮޅުމެއްގަވެސް ކަލާ އަލުން ހިނިތުން ނުވާނުތޯ؟
ނުރުހުން މަށެއް ނުވާނަމޭ ބުނެފައި ނުވޭހޭ؟