ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ލޯބިކަން

ރާގު: އަމިއްލަ

ޅެން: ޅެންވެރިޔާ ނޭނގޭ

މަހިނޫރެއްހާ ލޯބިކަމޭ
ކޮހިނޫރެއްހާ ޗާލުކަމޭ
އިހި ކަނދުރާގެ ރީތިކަމޭ
ލޮލުގާވާ ތި ތޫނުކަމޭ

ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ ޤަލަމަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ މިދުލަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

މަލްމަލްގެ ނަލަކަން ފެންނަނީ
ސުންދުސްގެ ފޭރާން ޖާދުވީ
މާތައް ލަދުންގޮސް މޯޅިވީ
ގާތަށް އުދުހިދާން ބޭނުމީ

ތީމަގެ ރޫޙުހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ ޤަލަމަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ މިދުލަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

ހިރިލާ އެރާޅުގެ މިޔުޒިކޭ
ބީހޭ މިރޯޅިން ހިތް ތެޅޭ
ނިންޖާ އަރާމޭ ގެއްލެނީ
ވިންދާ ހިތާއޭ ވަކިވަނީ

ތީމަގެ ހިޔަނިހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ ޤަލަމަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

ތީމަގެ ދުނިޔެހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަންސިފަ މިދުލަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ

އެދެމޭ ކަލާޔާ ގާތުގާ ވުމަށް
ފެންނާތީ ޔާރާގެ މޫނު
ތެދެކޭ ތީ ހޫރެއްހޭ
ފެނުނީ އެ ޖާދޫވި މޫނު