ލޯބިވާޔާ ނުލާ

ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ
ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ
ތީ މަގޭ ހިތް އެދޭ ލޯބިވެރިޔާ އިނގޭ

ބޭނުމީ ގާތުގާ ލޯބިވާ ވުން އިނގޭ
ބޭނުމީ ގާތުގާ ލޯބިވާ ވުން އިނގޭ
ހިތް ވަނީ އަދު ތި ލޯބީގަ ބެދިފާ އިނގޭ
ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ

ދަންނަހާ އެންމެނާ މާތަފާތޭ ކަލާ
ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ
ގާތްވެލާ ގޮތް އަހަންނާ މޮޅީއޭ ކަލާ
ލަންބުވާލީ މި ހިތް ނޭނގި ހުއްޓާ ކަލާ
ލަންބުވާލީ މި ހިތް ނޭނގި ހުއްޓާ ކަލާ

މާނަ ލޯބީގެ ސިއްރުން ކިޔާދީބަލާ
މާނަ ލޯބީގެ ސިއްރުން ކިޔާދީބަލާ
މަޑުމަޑުން ޚާއްސަ ވެއްޖޭ މިހިތުގާ ކަލާ
ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ

ބޭރު ވެއްޖޭ މި ހިތް އިޚްތިޔާރުން މަގޭ
އިޝްގު ހިތުގާ މަގޭ ރޯވެ އަންދަނީ އިނގޭ
ކެތްނުވާނޭ ކަލާޔާ ވަކިން ދެން އިނގޭ
ހީވަނީ ހިތް މަގޭ މޮޔަވަނީ ހެން އިނގޭ
ހީވަނީ ހިތް މަގޭ މޮޔަވަނީ ހެން އިނގޭ

ހުއްޓި ދާހެން މި ނޭވާ އުޅޭނަން އިނގޭ
ހުއްޓި ދާހެން މި ނޭވާ އުޅޭނަން އިނގޭ
މަރުވުމުން ބާއްވަ ދޭނީ ތި އުނގުގާ އިނގޭ

ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ
ލޯބިވާޔާ ނުލާ ނުޅެވޭނޭ އިނގޭ
ތީ މަގޭ ހިތް އެދޭ ލޯބިވެރިޔާ އިނގޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު