© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން
ރާގު: -
ޅެން: އަންނަބީލާ އާމިނަތު ޙުސައިން
ތިޔަބުނާ ރޫޙީ އުފާތައް ސިފަމަށަށް ކޮށްދޭނުހޭ
ނިޔަނެތިވި މަންމާ ނިކަން އަދު ސިފަމަށަށް ކޮށްދޭނުހޭ
އޭގެ އުފަލެއް ނުލިބުނަސް ދުވަހަކު މަގޭ ނިކަމެތި ހިތަށް
އޭގެ ހުރި ފުރިހަމަ އެގޮތްތައް ސިފަމަށަށް ކޮށްދޭނުހޭ
ދަތްދޮޅިން އަތް ނެއްޓިދާފަދަ ހިތްއެކަނިވެރި މީހަކަސް
ރަތްވިލާ ދައްކާ އެ ކުލަތައް ސިފަމަށަށް ކޮށްދޭނުހޭ
ތިޔަ ބުނާ ޒީނަތްވި ތަރިތައް ރޭގަނޑަށް ފިޔަ ޖަހަޖަހާ
ނިޔަނެތިވި މަންމާ އެމަންޒަރު ސިފަމަށަށް ކޮށްދޭނުހޭ
އަންނަނިވި ހުރިހާ ބަދަލުތައް ހަނދުވަރުގެ ފުރިހަމަ ކަމުން
ވަންނަނިވި ގޮތަކުން ސިކުނޑިއަށް ސިފަމަށަށް ކޮށްދޭނުހޭ
ރޭދުވާ ވަކިކޮށް މަހަދަމޭ ކުޅިވަރާ ނިދުމުގެ ތެރެއިން
ރޭދުވާ ވަކިވާނެ ގޮތްތައް ސިފަމަށަށް ކޮށްދޭނުހޭ
މަންމަމެން ރޯއަޑު މަ އަހަމޭ ހިތިމަގޭ ޙާލާމެދަށް
ކަންކަމުގެ ނުލިބޭނެ ދުވަހަކު ހިތިކަމުން ވަކިވާނުހޭ
ތިޔަބުނާ ރޫޙީ އުފާތައް ސިފަމަށަށް ކޮށްދޭނުހޭ
ނިޔަނެތިވި މަންމާ ނިކަން އަދު ސިފަމަށަށް ކޮށްދޭނުހޭ
ދުނިޔެއިން ލިބުމެއް ނުވާ އުފަލެއް މަށަށް ދުވަހަކު މުޅިން
އުނިނުވާ ސިކުނޑީގެ ސާބިތުކަން ނަގާލަ ނުދޭނުހޭ