މަގޭ ލޯބި ދަރިފުޅާ
ނުމެ ރޯށޭ ކެތްކުރޭ
ހަރު ހިތެއް ހިލަ ހިތެއް
ކަރުނައިން މަޑުވާނެހޭ
ރޯރުއިމުން ވާ ދެރަޔަކުން
މޭ ވިރިގެންދާ ދިއުމަކުން
ވާނެކަމެއް ގައިމޭ ނެތޭ
ކާކަށްހޭ އެނގެނީ މިކަން
މަގޭ ލޯބި ދަރިފުޅާ
ނުމެ ރޯށޭ ކެތްކުރޭ
ހަރު ހިތެއް ހިލަ ހިތެއް
ކަރުނައިން މަޑުވާނެހޭ
ރުއިމުގެ އަޑު ވޭނުން މިރޯ
ނެތެ އިއްވޭނޭ ގޮތެއް މިހެން
ދުނިޔޭގާ ވާހާ އެހީ
ވީ މަޙުރޫމޭ އަދު މުޅިން
މަގޭ ލޯބި ދަރިފުޅާ
ނުމެ ރޯށޭ ކެތްކުރޭ
ހަރު ހިތެއް ހިލަ ހިތެއް
ކަރުނައިން މަޑުވާނެހޭ
ވޭނުގެ ތިޔަ ދިޔައީ ޒަމާން
އާ ދުވަހެއް އަތުވެއްޖެޔޭ
ކުށްވެރިވީ ކުށްވެރިޔަކަށް
އޭގެ ސަޒާ ލިބިދޭ މިހެން
މަގޭ ލޯބި ދަރިފުޅާ
ނުމެ ރޯށޭ ކެތްކުރޭ
ހަރު ހިތާ ހިލަ ހިތާ
ކަރުނައިން މަޑުވާނެޔޭ
ހަރު ހިތާ ހިލަ ހިތާ
ކަރުނައިން މަޑުވާނެޔޭ