ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަގޭ ލޯބި މަންމާ މަށަށް މާފުދީ

ރާގު: -

ޅެން: އަހުމަދު ރިފާޢު

މަގޭ ލޯބި މަންމާ މަށަށް މާފުދީ
މަގޭ ލޯބި މަންމާ މަ ބޭނުންވަނީ
މަގޭ ލޯބި މަންމާ މަ ކުރަމޭ ދުޢާ
މަންމާއޭ މަށަށް މަޢާފް ކޮށްފާނުހޭ
މަންމާއޭ މަށަށް ހިތްހަލާލޭ ބުނޭ
މަންމަ ވަކިވުމުން ހާދަހާ ދެރަވެޔޭ
މަންމާއޭ މަށަށް މަޢާފް ކޮށްފާނުހޭ

މަށަށް ލޯމަތިން ފެންނަ މަންޒަރުތަކުން
މަ ހައިރާންވެ ތަންހަރުވެ ހުންނަން ޖެހޭ
ލިބޭ ވޭނުގައި ކެއްކުރާ ހާލުގައި
އޮވޭތަންމަތީ ފުރޮޅިލާ ފުރޮޅިލާ
މަވެސްވީމުތާއޭ އެ ހަށިގަނޑުތެރޭ
މަވެސް އުފުލިތާއޭ އެމާބަނޑުތެރޭ
އެވާވަރު އެނގިއްޖޭ ލޮލަށް ފެނި ރޮވިއްޖޭ
މަންމާއޭ މަށަށް މާފުކޮށްފާނުހޭ

އުޅޭނޭ ނުނިދިގެން އެކީ ރޭގަނޑާ
ގޮތެއް ހަމަ ވެދާނޭތި އެކޮޔަށް ހިތާ
ކިތައް ރޭގެ ނިދިބާއެ މަޙްރޫމުވީ
މަށާހެދި މަގޭ ޙައްޤުގާ ހޭދަވީ
ބޮލެއްގާ ރިހޭނޭ އަރާމެއް ނެތޭ
ކެވޭވަރު ނުވާނޭ ހޮޑަށް ލާނެޔޭ
ލޮލުން ކަރުނަ އޮހޮރީ މަ ދަރިޔަށްޓަކާއެ
މަންމާއޭ މަށަށް މާފުކޮށްފާނުހޭ

މަގޭ ލޯބި މަންމާ މަށަށް މާފުދީ
މަގޭ ލޯބި މަންމާ މަ ބޭނުންވަނީ
މަގޭ ލޯބި މަންމާ މަ ކުރަމޭ ދުޢާ
މަންމާއޭ މަށަށް މަޢާފް ކޮށްފާނުހޭ

ރިހޭތީ އުޅޭނޭ ދަމާ މެންދަމާ
ހިރޭގޮތްބަލާ ތެޔޮދަމާ ފެންދަމާ
ގެނެސް ފޫޅުމައިންލާ އެ ވާހަކަ އަހާ
ދުވަސްތައް ގުނާ އަބަދު ވިސްނާ ހަދާ
ބަނޑަށް ތަދުވެދާނޭ ދެފައި ދުޅަވެދާނޭ
ރިހުން ގަދަވެދާނޭ ވަރަށް ހާސްވެދާނޭ
މައިންނަށް އެވާވަރު މަށަށް އަދު ފެނިއްޖޭ
މަންމާއޭ މަށަށް މާފުކޮށްފާނުހޭ

ކުރާނޭ އެ އުއްމީދު މެހެމާނަކަށް
ފަހާނޭ ހެދުން ކުލަތަކުން ކޮށް ޖަރީ
ބަލޭނޭ ކިޔާނޭ ނަމެއް ރީތިވާ
އެދޭނޭ ރަނގަޅު ޞިއްޙަތެއްގާ ވުމަށް
ވަރަށް ލޯބި ދަރިއެއްގެ ހުވަފެން ދެކޭނޭ
ވަރަށް ގިނަދުވަސްތަކުގެ އުއްމީދެކޭ
ވަރަށް ކެކުޅުމާ ވޭން އެތަންވަޅު ލިބޭނޭ
މަންމާއޭ މަށަށް މާފުކޮށްފާނުހޭ