މަގޭ މަންމާ
        
        ތަދާ ވޭނޭ އިތުރު މި ވަނީ 
ދިޔައީމާ ދުނިޔެއިން މަންމާ
ހަނދާންތައް އާވެ އާލަވެ 
ނެތަސް ކައިރީ މަގޭ މަންމާ
މަގޭ މަންމާ
ތިއީ އަހަރެންގެ އުއްމީދޭ، 
ތިއީ ފުރަތަމަ މަދަރުސާ އޭ
ތިއީ އަހަރެންގެ އުއްމީދޭ، 
ތިއީ ފުރަތަމަ މަދަރުސާ އޭ
ތިއީ މިހިތުގެ އެ ކާނާއޭ، 
މިކަން ހިތަކުން ނުދޭ މަންމާ
މަގޭ މަންމާ
ނުވާނެ ބަޔާން ދުލާ ގަލަމުން، 
މަށައްވިއްޔާ ދެ ޤުރްބާނީ
ނުވާނެ ބަޔާން ދުލާ ގަލަމުން، 
މަށައްވިއްޔާ ދެ ޤުރްބާނީ
ރެޔާއި ދުވާލުގާ ނުނިދާ، 
ނުހަނު ލޯތްބާ އެކީ މަންމާ،
މަގޭ މަންމާ
ދިޔަސް އަދު ވަކިވެގެން ދުނިޔެއިން، 
ނުދާނޭ ފަނޑުވެގެން ލޯތްބެއް
ދިޔަސް އަދު ވަކިވެގެން ދުނިޔެއިން، 
ނުދާނޭ ފަނޑުވެގެން ލޯތްބެއް
ވަނީ ރޫޙީ ގޮތުން ގުޅިފާ، 
ހިތާ ހަށިގަނޑު މަގޭ މަންމާ
މަގޭ މަންމާ
އިލާހީ ރަޙުމަތާ އެކުގާ،
އެދެން ލެއްވުން ސުވަރުގޭގާ
އިލާހީ ރަޙުމަތާ އެކުގާ،
އެދެން ލެއްވުން ސުވަރުގޭގާ
ކުރާ ހެޔޮހާ ދުޢާ އޭ މީ، 
ސަވާބާ ދަރުމަ އެދި މަންމާ
ތަދާ ވޭނޭ އިތުރު މި ވަނީ، 
ދިޔައީމާ ދުނިޔެއިން މަންމާ
ހަނދާންތައް އާވެ އާލަވެ ، 
ނެތަސް ކައިރީ މަގޭ މަންމާ
މަގޭ މަންމާ